މިއަހަރުގެ ޔުއެފާ ޔޫރޯ މުބާރާތަށް ޖަަރުމަނުވިލާތުން ނިކުންނާނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. މިއީ އެ ޓީމުން މި މުބާރާތް ކުޅޭ 14 ވަނަ ފަހަރެވެ. ޖަރުމަނުން ވިލާތުން މި މުބާރާތުގެ ތަށި ތިން ފަހަރަށް ހޯދާފައިވާ އިރު މި ފަހަރުގެ މުބާރާތަށް އެ ގައުމު ނިކުންނާނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން މުބާރާތުގެ ތަށި އެ ގައުމުގައި ބޭންދުމަށެވެ. މި ފަހަރުގެ މުބާރާތުގައި ޖަރުމަނުގެ ޓީމަށް ނަޒަރެއް ހިންގާލާނަމެވެ. ޖަރުމަނު ވިލާތަށް މިފަހަރުގެ ޔޫރޯގައި ފުރުސަތު ލިބިފައިވަނީ ގުރޫޕް އޭ އިންނެވެ. މި ގުރޫޕުގައި ޖަރުމަނުގެ އިތުރުން ދެން ވާދަ ކުރާނީ، ސްކޮޓްލޭންޑް، ހަންގޭރީ އަދި ސްވިޒަލޭންޑެވެ. ޖަރުމަނުގެ ފުރަތަމަ މެޗުގައި އަދި މުބާރާތް…